މަލައިކާ އަރޯރާ

މަލައިކާ އަރޯރާ ރާއްޖޭގައި!

އިންޑިއާގެ "ޓްރެވަލް އެންޑް ލެއިޝާ" މަޖައްލާގެ ކަވާރ ފޮޓޯ ޝޫޓަކަށް، ބޮލީވުޑްގެ މަޝްހޫރު ތަރި މަލައިކާ އަރޯރާ ރާއްޖެ އަތުވެއްޖެއެވެ.

އެ މަޖައްލާގެ ޓީމާއި މަލައިކާ އަރޯރާ މިހާރު ތިބީ، ބ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ދަ ވެސްޓިން މޯލްޑިވްސް، މިރިލަންދޫ ރިސޯޓުގައެވެ. މަލައިކާ އަރޯރާގެ އިތުރުން ކަވާރ ފޮޓޯ ޝޫޓްގައި ހިމެނޭ ޓީމްގެ މެންބަރުން ދަނީ ރިސޯޓުގެ ހިތްގައިމު މަންޒަރުތައް، އެ މީހުންގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

މި ޓީމްގައި، އިންޑިއާގެ ފިލްމީ ތަރިންގެ ފޮޓޯނެގުމުގައި ފާހަގަކޮށްލެވޭ ފޮޓޯގްރާފަރު ރޯހަން ޝްރެސްތާ އާއި ސެލެބްރިޓީ ސްޓައިލިސްޓް ތަންޔާ އާއި ސެލެބްރިޓީ މެނޭޖަރު އެކްތާ އޮބެރޯއީ ބައިވެރިވެއެވެ. އެ ޓީމުން މިއަދު ވަނީ ރިސޯޓުގައި ފޮޓޯ ޝޫޓްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި އަހަރުގެ މާޗް މަހުގެ ތެރޭގައި މަލައިކާ ވަނީ ރާއްޖޭގެ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައެވެ.