ސޮނާކްޝީ ރާއްޖޭގައި

ސޮނާކްޝީ ރާއްޖޭގައި

އިންޑިއާގެ ފިލްމް އެކްޓްރެސް ސޮނާކްޝީ ސިންހާ ރާއްޖެ ޒިޔާރަތްކޮށްފިއެވެ.

ސޮނާކްޝީ ސިންހާ ވަނީ ލޯންޗެއްގައި ދަތުރުކުރަމުން ނަގާފައިވާ ވީޑިއޯކޮޅެއް އިންސްޓަގްރާމް އަދި ފޭސްބުކް ސްޓޯރީގައި އިއްޔެ ހިއްސާކޮށްފައެވެ. އަދި މިއަދު ރިސޯޓްގެ ގޮނޑުދޮށުގައި ހުރެ ނަގާފައިވާ ވީޑިއޯކޮޅަކާއި ފޮޓޯއެއް ހިއްސާކޮށްފައިވެއެވެ.

އުމުރުން 33 އަހަރުގެ ސޮނާކްޝީ މިވަގުތު ހުރީ ގްރޭންޑްޕާކް ކޮއްދިއްޕަރުގައެވެ. ސޮނާކްޝީއަކީ މީގެ ކުރިންވެސް ރާއްޖެ ޒިޔާރަތްކޮށް ޗުއްޓީ ހޭދަކޮށްފައިވާ ފަންނާނެކެވެ.

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލާފައިވާއިރު ރާއްޖެއިން ބޭރުގެ ބައެއް ފަންނާނުން ދަނީ ރާއްޖެ ޒިޔާރަތް ކުރަމުންނެވެ. ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ ޒިޔާރަތްކުރި ފަންނާނުންގެ ތެރޭގައި ކެޓްރީނާ ކައިފް، ޓައިގާ ޝްރޮފް، އަދި ރަކުލް ޕްރީތު ސިންގް ހިމެނެއެވެ.