ފިލްމްގެ މަންޒަރެއް

"ޒޮމްބީލޭންޑް" ގެ ދެވަނަ ބައި 10 އަހަރަށް ފަހު

މީގެ 10 އަހަރު ކުރިން، 2009 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ޒޮމްބީލޭންޑް" ގެ ދެވަނަ ބައި "ޒޮމްބީލޭންޑް: ޑަބަލް ޓެޕް" ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ފިލްމްގެ ފުރަތަމަ ބައިން ފެނިގެން ދިޔަ ކާސްޓުން ކަމަށްވާ ވުޑީ ހެރެލްސަން، ޖެސީ އެއިސެންބަރގް، އެމާ ސްޓޯން އަދި އެބިގެލް ބްރެސްލިން ފިލްމްގެ ދެވަނަ ބައިން ފެނިގެންދާނެއެވެ.

މި ފަހަރުގެ ފިލްމްގައިވެސް، މި ކެރެކްޓާތައް ޒޮމްބީ މެރުމުގައި އުޅޭނެއެވެ. އަދި އެކްޝަން މަންޒަރުތަކާއި ހެއްވާ މަޖާ ސީންތައްވެސް މި ފިލްމުން ފެނިގެންދާނެއެވެ. ވައިޓް ހައުސްގައި ވުޑީ ގެ ކެރެކްޓާ ރައީސްއަކަށް ވެގެން އުޅޭ މަންޒަރާއި ކުރިން ފިލްމުގައި ކަނޑައެޅި ގަވާއިދުތަކުގެ މަތިން، "ޒޮމްބީލޭންޑް: ޑަބަލް ޓެޕް" ގެ ޓްރެއިލާއިން ހަނދާން އާކޮށްދިނެވެ.

މި ފިލްމްވެސް ޑައިރެކްޓްކޮށްފައިވަނީ ފުރަތަމަ ފިލްމް ޑައިރެކްޓްކުރި ރުބެން ފްލެއިޝާއެވެ. ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުއެވެ.