ކާޖޮލް

ކާޖޮލްގެ ސީރީޒެއް ޑިޒްނީ ޕްލަސްއަށް

ބޮލީވުޑްގެ އެކްޓްރެސް ކާޖޮލް ފެނިގެންދާ ސީރީޒެއް ގެނެސްދިނުމަށް ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ތައްޔާރުވެއްޖެއެވެ.

"ބާޒީގަރް" އާއި "މައި ނޭމް އިޒް ޚާން" ފަދަ ފިލްމްތަކުން ފެނިގެންދިޔަ ބަތަލާ ބުނި ގޮތުގައި، އާ ފޯމެޓްތައް އެކްސްޕްލޯ ކުރުމަކީ އަބަދުވެސް ޗެލެންޖެކެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އަދި އެޗްއެސްއެމް އެންޓަޓެއިންމެންޓް ނެޓްވޯކްގެ ހެޑް އޮފް ކޮންޓެންޓް ހާމަކުރި ގޮތުގައި ކާޖޮލް އެ މީހުންނާއި ގުޅިގެން މަސައްކަތެއް ކުރުމަކީ ލިބޭ އުފަލެކެވެ.

މި ސީރީޒްގެ ނަމެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުން މި ސީރީޒަކީ ލޯބި އަދި އާއިލީ ކަންތައްތަކެއް ދައްކުވައިދޭނެ ސީރީޒެކެވެ.