އަމީތާބް - ފޮޓޯ ފޭސްބުކް

ކޮވިޑަށްފަހު އަމީތާބް އެނބުރި މަސައްކަތަށް

ކޮވިޑަށް ޕޮޒިޓިވްވުމުން، އެކަހެރިވެ ހުރި އަމީތާބް ބައްޗަން މަސައްކަތަށް ނިކުމެއްޖެއެވެ.

އަމީތާބް ބައްޗަން އެނބުރި މަސައްކަތަށް ނިކުމެފައި މިވަނީ ނުވަ ދުވަހު އެކަހެރިވެ ހުރުމަށްފަހު، ކޮވިޑް ނެގެޓިވް ނަތީޖާ ލިބުމުންނެވެ. މިއީ އަމީތާބް، 79، ކޮވިޑަށް ޕޮޒިޓިވްވި ދެވަނަ ފަހަރެއެވެ.

އެނބުރި މަސައްކަތަށް ނިކުމެ، އަމީތާބް މިހާރު މަސައްކަތް ކުރަމުންދަނީ އޭނާ ހުށަހަޅައިދޭ މަގުބޫލު ޓީވީ ކުއިޒް ޝޯ "ކައުން ބަނޭގާ ކްރޯޅް ޕަތީ" ގެ މަސައްކަތުގައެވެ.

އަމީތާބްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ގުޑްބައި" ހިމެނެއެވެ.