"ދަ މެޓްރިކްސް" ގެ 4 ވަނަ ފިލްމެއް: ކިއާނޫ ރީވްސްވެސް އެނބުރި އަންނަނީ

"ދަ މެޓްރިކްސް" އަކީ ތިން ފިލްމެއްގެ މައްޗަށް ބިނާ ކުރެވިގެން ގެނެސްދެވުނު އެންމެގެ ހިތްތަކުން ޖާގަ ހޯދި ފިލްމުތަކެކެވެ. 1999 ވަނަ އަހަރު ނުކުތް "ދަ މެޓްރިކްސް"ގެ އެންމެ ފުރަތަމަ ފިލްމަށް މިއަހަރު 20 އަހަރު ފުރިފައިވާއިރު މީގެ 4 ވަނަ ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންވަނީ ފެށިފައެވެ. އަދި އޭރު ފިލްމުތަކުން ފެނިގެންދިޔަ ކިއާނޫ ރީވްސްއާއި ކެރީ—އޭން މޮސް 4 ވަނަ ފިލްމަށް އެނބުރި އަންނާނެ ކަމަށް ވަނީ މިހާރު ޔަގީން ވެފައެވެ.

މީގެ ދެމަހެއްވަރު ކުރިން މުޅި މީސް-މީޑިއާގައި ކިއާނޫ ރީވްސްގެ ވާހަކަ ދެކެވެމުން ދިއައެވެ. އަދި ކިއާނޫއަށް އެންމެންގެ ލޯބި ލިބެމުންދިޔައެވެ. މީމްސް އަކީ މިހާރިގެ ޒުވާނުންނަށް ބީރައްޓެހި އެއްޗެއް ނޫނެވެ. ކީއާނޫވެސް ވަނީ މީމްސްގެ ޝިކާރައަކަށް ވެފައެވެ. ނަމަވެސް އެހެން މީމްސްތަކާއި ހިލާފަށް ކިއާނޫއަށް އެންމެންވެސް މީމްސްހެދީ ލޯބިންނެވެ. ވީމާ "ދަ މެޓްރިކްސް" އަށް ކިއާނޫ އެނބުރިއައުން މީ އެންމެންނަށްވެސް ލިބުން ވަރަށް އުފާވެރި ހަބަރެކެވެ.

ފުރަތަމަ 3 ފިލްމު ވަޗޯސްކީގެ ދެބެން ޑައިރެކް ކުރިނަމަވެސް 4 ވަނަ ފިލްމު ލިޔެ ޑައިރެކްޓުކުރުމަށް ހަމަ ޖެހިފައިވަނީ ލާނާ ވަޗޯސްކީއެވެ.

ފިލްމުގައި ވާނެ ގޮތެއް އަދި އެއްގޮތަކަށްވެސް ނޭނގޭއިރު މޯފިއަސްގެ ކެރެކްޓަރއަށް އެހެން ޒުވާން ތަރިއަކު ނަގަން ވަނީ ހަމަޖެހިފައެވެ.

"ދަ މެޓްރިކްސް"، "ދަ މެޓްރިކްސް ރީލޯޑެޑް"، "ދަ މެޓްރިކްސް ރިވޮލިއުޝަންސް" މި 3 ފިލްމު މުޅިއެކު 1.6 ބިލިއަން ޑޮލަރު ވަނީ ހޯދާފައެވެ.