ޑެމީ ލޮވާޓޯ

ފުރާވަރުގައި ރޭޕްގެ ޝިކާރައަކަށްވި: ޑެމީ

ފުރާވަރުގެ އުމުރުގައި ރޭޕްގެ ޝިކާރައަކަށްވި ކަމަށް އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި ބަތަލާ ޑެމީ ލޮވާޓޯ ބުނެފިއެވެ.

ޑެމީ ލޮވާޓޯ ބުނި ގޮތުގައި އޭނާ ރޭޕްގެ ޝިކާރައަކަށްވީ ޑިޒްނީ ޗެނަލްގައި އޭނާ މަސައްކަތްކުރިއިރުއެވެ. މިހާރު އުމުރުން 28 އަހަރުގެ ޑެމީ ބުނީ އެ މައްސަލައިގައި އޭނާ ކުރިއަށްދިޔަ ކަމަށެވެ. ނަމަވެސް ރޭޕްކުރި މީހާއަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާ ކަމަށް ޑެމީ ވަނީ ބުނެފައެވެ.

އެމީހާގެ ނަމެއް ޑެމީ ހާމައެއް ނުކުރެއެވެ. ނަމަވެސް ޑެމީ ބުނި ގޮތުގައި އެހާދިސާއަށްފަހު އަބަދުވެސް އެ މީހާއާ ބައްދަލުވެއެވެ.

ޑެމީ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "ކޭމްޕް ރޮކް" އަދި "ޕްރިންސެންސް ޕްރޮޓެކްޝަން ޕްރޮގްރާމް" ހިމެނެއެވެ. އޭގެ އިތުރުން ކުޑަކުދިންގެ މެދުގައި މަގުބޫލުވި ޓީވީ ސީރީޒް "ބާނީ އެންޑް ފްރެންޑްސް" އިންވެސް ޑެމީ ފެނިގެން ގޮސްފައިވެއެވެ.