ކާރިކް އަދި ސާރާ

"ލަވް އާޖް ކަލް 2" ގައި ސާރާ އާއި ކާތިކް

ސައިފް އަލީ ހާނާއި ދީޕިކާ ޕަދުކޯން އެކުގައި ފެނިގެންދިޔަ ކޮމެޑީ ރޮމޭންސް ފިލުމު "ލަވް އާޖް ކަލް" ގެ ދެވަނަ ބައި އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މި ފިލުމުގެ ބައެއް ތަރިން މިހާރު ވަނީ ކަށަވަރުވެފައެވެ. "ލަވް އާޖް ކަލް 2" އިން ފެނިގެންދާނެ ތަރިންގެ ތެރޭގައި ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާން ހިމެނެއެވެ. އޭގެ އިތުރުން ކާތިކް އާރްޔަން އާއި ރަންދީޕް ހޫދާވެސް މި ފިލުމުން ފެނިގެންދާނެއެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މި ފިލުމުގެ ޕްރޮޑިއުސްކުރާނީ 2009 ވަނަ އަހަރު ނެރުނު ފިލުމު "ލަވް އާޖް ކަލް" ޕްރޮޑިއުސްކުރި ދިނޭޝް ވިޖަންއެވެ. އަދި ޑައިރެކްޓްކުރާނީ އެ ފިލުމުގެވެސް ޑައިރެކްޓަރު އިމްތިއާޒް އަލީއެވެ.

"ލަވް އާޖް ކަލް 2" ގެ މަސައްކަތް އަންނަ ހަފުތާ ތެރޭގައި ދިއްލީގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ފިލްމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކާތިކް ބުނެފައިވަނީ ފިލްމްގެ ޑައިރެކްޓަރު އިމްތިއާޒަކީ އޭނާގެ އެންމެ ފޭވަރިޓްއެއް ފިލްމް ޑައިރެކްޓަރު ކަމަށާއި އޭނާއާއެކު މަސައްކަތްކޮށްލުމަށް އަބަދުވެސް ބޭނުންވާ ކަމަށެވެ.