އަކްޝޭ

އަކްޝޭ އިނގިރޭސިވިލާތަށް ފުރައިފި

ރަންޖީތު ތިވާރީ ޑައިރެކްޓްކުރާ ފިލްމް "ބެލް ބޮޓަމް" ގެ ޝޫޓިންއަށް، އެކްޓަރު އަކްޝޭ ކުމާރް އިނގިރޭސިވިލާތަށް ފުރައިފިއެވެ.

ބުރާސްފަތި ދުވަހު، މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓުން އަކްޝޭ ކުމާރާޢި އޭނާގެ އާއިލާގެ ބައެއް މެންބަރުން ފެނިފައިވާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ އިތުރުން ފިލްމްގެ ކާސްޓުންގެ ތެރެއިން އެކްޓްރެސް ހުމާ ގްރޭޝީ އާއި ލާރާ ދައްތާވެސް އެއާޕޯޓުން ފެނިފައިވާ ކަމަށާއި އެންމެންވެސް ތިބީ ފޭސް މާސްކް އަޅައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަކްޝޭ އިނގިރޭސިވިލާތަށް ދަތުރުކުރީ ޗާޓަރު ފްލައިޓެއްގައެވެ. އަކްޝޭ އެ ފްލައިޓްގައި ހަރަކާތްތެރިވަނިކޮށް މީހަކު ނަގާފައިވާ ވީޑިއޯއެއް، ހިންދުސްތާން ޓައިމްސް އިން ވަނީ އާންމުކޮށްފައެވެ.

ފިލްމް "ބެލް ބޮޓަމް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ވާނީ ކަޕޫރް ހިމެނެއެވެ.