ޖަސްޓިން ބީބާ

ޖަސްޓިން ބީބާ އެނބުރި ލަވަކިޔުމުގެ ދާއިރާއަށް

ކެނޭޑިއަން ޕޮޕް ސްޓާ ޖަސްޓިން ބީބާ، އެނބުރި ލަވަކިޔުމުގެ ދާއިރާއަށް އަންނަ އަހަރު އަންނާނެ ކަން އިއުލާނުކޮށްފިއެވެ.

އެނބުރި ލަވަކިޔުމުގެ ދާއިރާއަށް އަންނަން އުޅޭކަން އިއުލާނުކޮށް ޖަސްޓިން ބީބާ ބުނީ އޭނާގެ އާ ސިންގަލް އަލްބަމެއް، ޖެނުއަރީ 3 ގައި ރިލީޒްކުރާނެ ކަމަށެވެ. އެ އަލްބަމަށް ދީފައިވާ ނަމަކީ "ޔަމީ" އެވެ.

އުމުރުން 25 އަހަރުގެ ޖަސްޓިން ބީބާ ވަނީ، އަންނަ އަހަރުގެ މޭ މަހާއި ސެޕްޓެމްބަރު މަހާއި ދެމެދު އެމެރިކާ އަދި ކެނެޑާގައި ޓުއާތަކެއް ބާއްވާނެކަން އިއުލާނުކޮށްފައެވެ. އޭގެ އިތުރުން އާ ޑޮކިއުމެންޓްރީ ޓީވީ ސީރީޒަކުން ޖަސްޓިން ފެނިގެންދާނެކަން އޭނާ ވަނީ ހާމަކޮށްފައެވެ.

ޖަސްޓިން ބީބާ ލަވަކިޔުމާއި ދުރަށް ޖެހިލީ 2017 ވަނަ އަހަރުގައެވެ. ނަމަވެސް އޭގެ ފަހުން މިހާތަނަށް މަދުން ނަމަވެސް ބައެއް ހަފުލާތަކުގައި ގެސްޓް ލަވަކިޔުންތެރިއެއްގެ ގޮތުން ޖަސްޓިން ލަވަ ކިޔާފައިވެއެވެ.