ބްލެކް ޕެންތާގެ ގޮތުގައި އެކްޓަރު ޗާޑްވިކް ބޯޒްމަން

ޗާޑްވިކްގެ ޑިޖިޓަލް ޑަބަލްއެއް ބޭނުން ނުކުރާނެ

"ބްލެކް ޕެންތާ" ގެ ސީކުއެލް ފިލްމްގައި އެކްޓަރު ޗާޑްވިކް ބޯޒްމަންގެ ޑިޖިޓަލް ޑަބަލްއެއް ބޭނުން ނުކުރާނެ ކަމަށް ފިލްމްގެ އޮފިޝަލަކު ހާމަކޮށްފިއެވެ.

މާވެލް ސްޓޫޑިއޯސް އިން ޕްރޮޑިއުސްކޮށް ވޯލްޓް ޑިޒްނީ ސްޓޫޑިއޯސް އަދި މޯޝަން ޕިކްޗާސް އިން ޑިސްޓްރިބިއުޓްކުރި ފިލްމް "ބްލެކް ޕެންތާ" ރިލީޒްކުރީ 2018 ވަނަ އަހަރުއެވެ. މި ފިލްމްގައި ބްލެކް ޕެންތާގެ ރޯލު ކުޅުނު އެކްޓަރު ޗާޑްވިކް ބޯޒްމަން ވަނީ ކެންސަރު ބަލީގައި މިއަހަރުގެ އޮގަސްޓް މަހު މަރުވެފައެވެ.

"ބްލެކް ޕެންތާ" ގެ ސީކުއެލް ފިލްމްގައި ޗާޑްވިކް ބޯޒްމަން ޑިޖިޓަލްކޮށް ފެނިގެންދާނެ ކަމަށް އަޑުފެތުރިފައިވާއިރު، ފިލްމްގެ އެގްޒެކެޓިވް ޕްރޮޑިއުސަރު އަލޯންސޯ ވިކްޓޯރިއާ ވަނީ އެކަން ދޮގުކޮށްފައެވެ.

ވިކްޓޯރިއާ އަލޯންސޯ ބުނީ ޗާޑްވިކް މިހާރު ނެތް ކަމަށާއި އޭނާ މަރުވެފައިވާ ކަމަށެވެ. ފިލްމްގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތަކާމެދު ވިސްނުމަށް ކުޑަ ވަގުތުކޮޅެއް ނަގާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ބޮކްސް އޮފީހުގައި "ބްލެކް ޕެންތާ" އަށް 1.34 ބިލިއަން ޑޮލަރު ލިބުނެވެ.