ފިލްމްތަކުގެ ޕްރޮމޯޝަނަލް ހަރަކާތްތަކަށް ތައްޔާރު: ވާނީ ކަޕޫރް

މިއަހަރު ރިލީޒްކުރާ ބޮޑު ތިން ފިލްމްގެ ޕްރޮމޯޝަނަލް ހަރަކާތްތަކަށް ތައްޔާރުވެފައިވާ ކަމަށް އިންޑިއާގެ ބަތަލާ ވާނީ ކަޕޫރް ބުނެފިއެވެ.

ވާނީ ކަޕޫރް މިއަހަރު ފެނިގެންދާނެ ފިލްމްތަކުގެ ތެރޭގައި "ބެލް ބޮޓަމް" އާއި "ޝަމްޝޭރާ" އަދި "ޗަންދިގަރް ކަރޭ އާޝިގީ" ހިމެނެއެވެ. ވާނީ ކަޕޫރް ބުނީ ޕްރޮމޯޝަނަލް ހަރަކާތްތަކަށް އަދި އިންޓަވިއުތަކަށް ނަފުސާނީ ގޮތުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

އުމުރުން 32 އަހަރުގެ ބަތަލާ ބުނީ ޗެލެންޖްތަކަށް އަބަދުވެސް ބަލާ ކަމަށެވެ. ކުރިއަށް ހުރި ފިލްމްތަކުގައި ތަފާތު ރޯލުތަކުން ފެނިގެންދާނެތީ އެކްސައިޓްވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ފިލްމްތައް ރިލީޒްކުރާއިރު، ނިއު ނޯމަލްގައި ފިލްމް ބަލަން ސިނަމާތަކަށް ގިނަ ބަޔަކު އަންނާނެ ކަމަށް އުންމީދުކުރާ ކަމަށް ވާނީ ކަޕޫރް ބުނެފައިވެއެވެ.