އެކްޓަރު ޑެނިއެލް

"ނޯ ޓައިމް ޓު ޑައި" އިންޑިއާގައި ރިލީޒްކުރުން ފަސްކޮށްފި

ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމް "ނޯ ޓައިމް ޓު ޑައި" އިންޑިއާގައި ރިލީޒްކުރާ ތާރީހު ފަސްކޮށްފިއެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް އިންޑިއާގައި ރިލީޒްކުރާނީ އެޕްރީލް މަހުގެ ދެވަނަ ދުވަހުއެވެ. މިއީ ކުރިން މި ފިލްމް އިންޑިއާގައި ރިލީޒްކުރުމަށް ހަމަޖެއްސި ދުވަހަށްވުރެ، ހަތަރު ދުވަހުގެ ލަސްވުމެކެވެ.

އިންޑިއާގެ ފިލްމް ޓްރޭޑް އެނަލީސްޓް ތަރަން އާދާޝް ބުނި ގޮތުގައި މި ފިލްމް އިނގިރޭސި ބަހުގެ އިތުރުން ހިންދީ، ތަމަޅަ އަދި ތެލުގޫ ބަހުން އިންޑިއާގައި ދައްކާނެއެވެ.

ފިލްމް "ނޯ ޓައިމް ޓު ޑައި" ގައި ޖޭމްސް ބޮންޑްގެ ރޯލުން ފެނިގެންދާނީ އެކްޓަރު ޑެނިއެލް ކްރެއިގްއެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއީ ޖޭމްސް ބޮންޑްގެ ރޯލުން ޑެނިއެލް ފެނިގެންދާނެ އެންމެ ފަހު ފިލްމެވެ.