ޝްރަދާ އާއި އޭނާގެ ބައްޕަ ޝަކްތީ

އަނަންޔާ އާއި ޝްރަދާ ކާމިޔާބު ހޯދީ އަމިއްލަ މަސައްކަތުން: ޝަކްތީ

ފިލްމީ ދާއިރާގައި ޝްރަދާ ކަޕޫރާއި އަނަންޔާ ޕާންޑޭ ކާމިޔާބު ހޯދީ އަމިއްލައަށް ކުރި މަސައްކަތުން ކަމަށް ޝްރަދާގެ ބައްޕަ ޝަކްތީ ކަޕޫރް ބުނެފިއެވެ.

ކޮމެޑީ ރޯލްތައްވެސް ކުޅެ، ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޝަކްތީ ކަޕޫރް ބުނީ ޝްރަދާ އާއި އަނަންޔާ ކާމިޔާބު ހޯދީ، އެ މީހުންގެ ބައްޕައިންނަކީ ފިލްމް ކުޅޭ ބަޔަކަށްވާތީ ނޫން ކަމަށެވެ. އަނަންޔާގެ ބައްޕައަކީ އެކްޓަރު ޗަންކީ ޕާންޑޭއެވެ.

ދިރިއުޅުމުގައި ބުރަކޮށް މަސައްކަތް ނުކުރާނަމަ، އެހެން މީހުންނަށް ކަމުދާ މީހަކަށް ނުވާނެ ކަމަށް ޝަކްތީ ބުންޏެވެ. ޝަކްތީ ބުނި ގޮތުގައި އަނަންޔާ އާއި ޝްރަދާ ކާމިޔާބު ހޯދީ ބުރަކޮށް މަސައްކަތްކޮށް ދަތި އުނދަގޫތަކާއި ކުރިމަތިލައިގެންނެވެ.

ޝަކްތީ ވަނީ ފިލްމް "އޭބީސީޑީ 2" ގައި ޝްރަދާ ދެއްކި ރޯލު ފާހަގަކޮށްފައެވެ. އެ ފިލްމް ކުޅެން އުޅުމުގެ ތެރޭގައި ޝްރަދާގެ ފަޔަށް އަނިޔާވި ކަމަށާއި ރިހާސަލަށްފަހު ބުރަކަށީގައި ރިއްސާތީ އުޅުނު ކަމަށްވެސް ޝަކްތީ ބުންޏެވެ.