ނެޑް - ފައިލް ފޮޓޯ ޕެރަމައުންޓް ޕިކްޗާސް

އެކްޓަރު ނެޑް މަރުވެއްޖެ

އެމެރިކާއަށް އުފަން އެކްޓަރު ނެޑް ތޯމަސް ބިޓީ މަރުވައްޖެއެވެ.

ޑިޒްނީގެ "ޓޯއީ ސްޓޯރީ 3" ގައި "ލޮޓްސޯ" ގެ ކެރެކްޓާއަށް އަޑުއަޅައިދިން އެކްޓަރު މަރުވީ އާދިއްތަ ދުވަހު، އުމުރުން 83 އަހަރުގައެވެ. ނެޑް މަރުވީ ލޮސް އެންޖެލްސްގައި ހުންނަ އޭނާގެ ގޭގައި ކަމަށް އޭނާގެ މެނޭޖަރު ވަނީ ބުނެފައެވެ.

ނެޑް ވަނީ 1978 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ސުޕަމޭން" އާއި 1980 ވަނަ އަހަރު ރިލީޒްކުރި "ސުޕަމޭން 2" ގައި އޮޓިސްގެ ރޯލު ކުޅެފައެވެ.