ޖުރެސިކް ޕާކްގެ ކުރީގެ ކާސްޓުންނާއެކު އާ ފިލްމް

މީގެ 26 އަހަރު ކުރިން ނެރުނު ފިލްމް، "ޖުރެސިކް ޕާކް" ގެ ލީޑް ކާސްޓުންތަކެއް ހިމަނައިގެން އެ ފްރެންޗައިޒްގެ އާ ފިލްމެއް އުފެއްދުމަށް ނިންމައިފިއެވެ.

އާ ފިލްމްގައި ހިމެނުމަށް ނިންމާފައިވަނީ ސްޓީވަން ސްޕީލްބާގް ޑައިރެކްޓްކޮށް 1993 ވަނަ އަހަރު ނެރުނު "ޖުރެސިކް ޕާކް" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ސޭމް ނީލް އާއި ލައުރާ ޑާރން އަދި ޖެފް ގޯލްޑްބްލަމް އެވެ.

ޖުރެސިކް ޕާކް ފްރެންޗައިޒްގެ ފަސް ފިލްމެއް މިހާތަނަށް ރިލީޒްކޮށްފައިވެއެވެ. އެއީ:

"ޖުރެސިކް ޕާކް" : 1993 ވަނަ އަހަރު

"ދަ ލޮސްޓް ވޯލްޑް: ޖުރެސިކް ޕާކް" : 1997 ވަނަ އަހަރު

"ޖުރެސިކް ޕާކް 3" : 2001 ވަނަ އަހަރު

"ޖުރެސިކް ވޯލްޑް" : 2015 ވަނަ އަހަރު

"ޖުރެސިކް ވޯލްޑް: ފޯލަން ކިންގްޑޮމް" 2018 ވަނަ އަހަރު

މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމަށްފަހު ދެން ނެރުނު އެއްވެސް ފިލްމަކުން ސޭމް ނީލް އާއި ލައުރާ ޑާރން އަދި ޖެފް ގޯލްޑްބްލަމް އެކުގައި ފެނިގެން ގޮސްފައިނުވެއެވެ. މި ތިން އެކްޓަރުން ފެނިގެންދާނީ 2021 ވަނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމް "ޖުރެސިކް ވޯލްޑް 3" އިންނެވެ.