އަކްޝޭ ކުމާރް - ފައިލް ފޮޓޯ އިންސްޓަގްރާމް އަކްޝޭ

ފިލްމަކަށް އަކްޝޭ ބަރުދަން އިތުރުކޮށްފި

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރް، ފިލްމަކަށް ބަރުދަން އިތުރުކޮށްފިއެވެ.

އަކްޝޭ ކުމާރް، ބަރުދަން އިތުރުކޮށްފައިވަނީ އާނަންދު އެލް ރާއީ ޑައިރެކްޓްކުރާ ފިލްމް "ރަކްޝާ ބަންދަން" ގައި އަކްޝޭ ކުޅޭ ރޯލަށެވެ.

ފިިލްމް "ސޫރިޔާވަންޝީ" ކުޅުމަށް އަކްޝޭ ވަނީ ހަ ކިލޯ ލުއިކޮށްފައެވެ. އެއަށްފަހު ފިލްމް "ރަކްޝާ ބަންދަން" އަށް އަކްޝޭ ވަނީ ފަސް ކިލޯ އިތުރުކޮށްފައެވެ.

އަކްޝޭ ބުނީ ފިލްމް ކުޅުމަށް ބަރުދަން ލުއި ކުރުމާއި ބަރުދަން ބަރު ކުރުމަކީ އޭނާ ވަރަށް ގަޔާވާ ކަމެއް ކަމަށެވެ. އެކަން ކުރަނީ ސިއްހަތަށް ގެއްލުން ނުވާނެ ގޮތް ބަލައިގެން ކަމަށްވެސް އަކްޝޭ ބުނެފައިވެއެވެ.