ފިލްމް "ގުލް މަކާއީ" ގެ ޕޯސްޓަރެއް

މަލާލާގެ ވާހަކަ ކިޔައިދޭ "ގުލް މަކާއީ" ރިލީޒްކޮށްފި

ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސަފްޒާއީގެ ވާހަކަ ކިޔައިދޭ ބަޔޮޕިކް ފިލްމް "ގުލް މަކާއީ" ހުކުރު ދުވަހު ރިލީޒްކޮށްފިއެވެ.

އަމްޖަދު ޚާން ޑައިރެކްޓްކުރާ މި ފިލްމްގައި މަލާލާގެ ރޯލު ކުޅެފައިވަނީ ރީމް ޝެއިހެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އަތުލް ކުލްކަރްނީ، ދިވްޔާ ދައްތާ، މުކޭޝް ރިޝީ، އާރިފް ޒަކަރިއްޔާ، ކަމްލޭޝް ގިލް ހިމެނެއެވެ.

އަންހެން ކުދިންނަށް ތައުލީމު ހޯދައިދޭން މަލާލާ ކުރި މަސައްކަތްތަކާއި، އެކަމާ ގުޅިގެން ތާލިބާނުން މަލާލާގެ ބޮލަށް ދިން ހަމަލާގެ ވާހަކަ މި ފިލްމުން ދައްކައިދޭނެއެވެ. އަދި އޭގެ ފަހުން މަލާލާގެ ދިރިއުޅުމަށް އައި ބަދަލުވެސް މި ފިލްމުން ދައްކުވައި ދޭނެއެވެ.

ތާލިބާނުން މަލާލާއަށް ހަމަލާދިނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.