"ޖަވާނީ ޖާނެމަން" ސައުދީ އަރަބިއްޔާއަށް

ސައިފް އަލީ ޙާން ލީޑް ރޯލުން ފެނިގެންދާ ފިލްމް "ޖަވާނީ ޖާނެމަން" މިއަދު ސައުދީ އަރަބިއްޔާގައި ރިލީޒްކުރާނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އިންޑިއާގައި ރިލީޒްކުރި މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. ނިތިން ކައްކަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުން ސައިފް ފެނިގެންދާނީ، އުމުރުން ދުވަސްވީ ކަމަށް ގަބޫލުނުކުރާ، ހިތް ޒުވާން ބައްޕައެއްގެ ރޯލުންނެވެ.

މި ފިލްމް ސައުދީ އަރަބިއްޔާއަށް ގެނެވުމަކީ ލިބޭ ފަހުރެއް ކަމަށާއި ސައުދީގެ އޯޑިއަންސްގެ ފަރާތުން ފިލްމަށް ތަރުހީބު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ފިލްމްގެ ކޯ-ޕްރޮޑިއުސަރު ޖޭ ޝެވަކްރަމާނީ ވަނީ ބުނެފައެވެ.

ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އަލައިލާ ފަރްނީޗަރުވާލާ އާއި ތައްބޫ އާއި ކުބްރާ ސައިތު އަދި ޗަންކީ ޕާންޑޭ ހިމެނެއެވެ.