ފިލްމްގެ އާ ޕޯސްޓަރުތައް

"ބޫތު: ޕާޓް ވަން - ދި ހޯންޓެޑް ޝިޕް" ގެ އާ ޕޯސްޓަރުތައް ދައްކާލައިފި

ޒީ ސްޓޫޑިއޯސް އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ ބިރުވެރި ފިލްމް "ބޫތު: ޕާޓް ވަން – ދި ހޯންޓެޑް ޝިޕް" އާ ޕޯސްޓަރުތަކެއް ދައްކާލައިފިއެވެ.

އެކްޓަރު ވިކީ ކޯޝަލް ލީޑް ރޯލުން ފެނިގެންދާ މި ފިލްމްގެ އާ ޕޯސްޓަރުތައް، ކަރަން ޖޯހަރް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރުން ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިގެން ގޮސްފައެވެ.

"ބޫތު: ޕާޓް ވަން – ދި ހޯންޓެޑް ޝިޕް" އަކީ ބިރުވެރި ފިލްމް ފްރެންޗައިޒެއްގެ ފުރަތަމަ ފިލްމެވެ. ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ސިނަމާތަކަށް އަންނަ މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ބޫމީ ޕެޑްނެކަރް ހިމެނެއެވެ.

ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓްކުރާ މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެއް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.