"ފްލާވާ ގާލް" ގެ ގޮތުގައި ދަރިފުޅު ހުރުމަށް ސްކާލެޓް އެދޭ
އެކްޓްރެސް ސްކާލެޓް ޖޮހަންސަންގެ ކައިވެނީގެ ހަފުލާގައި، އޭނާގެ ދަރިފުޅު ރޯސް، "ފްލާވާ ގާލް" ގެ ގޮތުގައި ހުންނަ މަންޒަރު ދެކެން ބޭނުންވާ ކަމަށް ސްކާލެޓް ބުނެފިއެވެ.
އުމުރުން 35 އަހަރުގެ ބަތަލާ ސްކާލެޓް ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ކޮމޭޑިއަން އެކްޓަރު އަދި ލިޔުންތެރިޔާ ކޮލިން ޖޮސްޓްއާއެވެ. ކޮލިން އާއި ސްކާލެޓް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރު ފަހުން، އެ ދެ މީހުން އެންގޭޖްވެފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ.
ސްކާލެޓް ވަނީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައެވެ. ރަޔަން ރެނޮލްޑްސް އާއި ސްކާލެޓް ކައިވެނި ކުރީ 2008 ވަނަ އަހަރުއެވެ. އެ ކައިވެނި ރޫޅުނީ 2011 ވަނަ އަހަރުއެވެ.
ނޫސްވެރިޔާ ރޮމައިން ޑައުރިއަކް އާއި ސްކާލެޓް ކައިވެނިކުރީ 2014 ވަނަ އަހަރުއެވެ. ރޯސްއަކީ އެ ކައިވެންޏަށް ލިބުނު ދަރިއެކެވެ. އެ ކައިވެނި ރޫޅުނީ 2017 ވަނަ އަހަރުއެވެ.