"މުލާން" ގެ މަންޒަރެއް

"މުލާން" ރިލީޒްކުރާ ތާރީހު އިއުލާނުކޮށްފި

ޑިޒްނީގެ ފިލްމް "މުލާން" ރިލީޒްކުރާ ތާރީހު އިއުލާނުކޮށްފިއެވެ.

މި ފިލްމް ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ފިލްމް ރިލީޒްކުރުން ފަސްކުރީއެވެ. ޑިޒްނީ އިން ހާމަކުރި ގޮތުގައި މި ފިލްމް ރިލީޒްކުރުމަށް މިހާރު ހަމަޖެހިފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

ނިކީ ކާރޯ ޑައިރެކްޓްކުރާ މި ފިލްމްގައި މުލާންގެ ރޯލު ކުޅެފައިވަނީ ލިއު ޔިޕީއެވެ. މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ޑޮނީ ޔެން، ޖޭޒަން ސްކޮޓް ލީ، ޔޮސަން އަން، ގޮންގް ލީ އަދި ޖެޓް ލީ ހިމެނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން، މި ފިލްމް އުފެއްދުމަށް ޑިޒްނީ އިން 200 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން، ވަރަށް ގިނަ ފިލްމް ރިލީޒްކުރުން ވަނީ ފަސްކޮށްފައެވެ. އޭގެ ތެރޭގައި "ނޯ ޓައިމް ޓު ޑައި" އާއި "ޕީޓާ ރެބިޓް 2: ދަ ރަންއަވޭ" އާއި "ފާސްޓް އެންޑް ފިއުރިސް 9" އާއި "ދަ ނިއު މިއުޓަންޓްސް" އަދި "ފެންޓާސްޓިކް ބީސްޓްސް 3" ހިމެނެއެވެ. އޭގެ އިތުރުން ފިލްމް "ޓޮމް ގަން: މެވެރިކް" އާއި "ދަ ލަވްބާޑްސް" އާއި "މިޝަން އިމްޕޮސިބަލް 7" އާއި "ޖުރަސިކް ވޯލްޑް: ޑޮމިނިއޮން" އަދި "ވޮންޑަ ވުމަން 1984" ރިލީޒްކުރުންވެސް ވަނީ ފަސްކޮށްފައެވެ.