އެކްޓަރު އެންޓޯނިއޯ ކޮވިޑް-19 އިން ރަނގަޅުވެއްޖެ
ސްޕެނިޝް އެކްޓަރު އެންޓޯނިއޯ ބަންޑޭރަސް، ކޮވިޑް-19 އިން ރަނގަޅުވެއްޖެއެވެ.
އެކްޓަރު އެންޓޯނިއޯ ކުރި ޓްވީޓެއްގައި ބުނީ 21 ދުވަހަށްފަހު، ކޮވިޑް-19 އިން ފަސޭހަވެފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެންޓޯނިއޯ ހާމަކުރީ އޭނާއަށް 60 އަހަރު ފުރުނު ދުވަހުއެވެ. އޭރު އެންޓޯނިއޯ ބުނީ ހާލު ރަނގަޅު ކަމަށާއި ނަމަވެސް ވަރުބަލިކަން އިހުސާސް ކުރެވޭ ކަމަށެވެ.
އެންޓޯނިއޯގެ ޓްވީޓްގައި، މިހާރުވެސް ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ޝިފާއަށް އެދިފައިވެއެވެ.
އެންޓޯނިއޯ ވަނީ 1998 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ދަ މާސްކް އޮފް ޒޯރޯ" އަދި 2005 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ދަ ލެޖެންޑް އޮފް ޒޯރޯ" ގައި ޒޯރޯގެ ރޯލު ކުޅެފައެވެ. އޭގެ އިތުރުން ޕުސް އިން ބޫޓްސްގެ ކެރެކްޓާއަށް އަޑު އަޅައިދީފައިވެއެވެ.