ދަ ސްކައި އިޒް ޕިންކް ގެ ޕޯސްޓަރެއް

"ދަ ސްކައި އިޒް ޕިންކް" ގެ އޮފިޝަލް ޓްރެއިލާ ދައްކާލައިފި

ޕްރިޔަންކާ ޗޯޕްރާ އާއި ފަރްހާން އަހްތަރު ލީޑް ރޯލުން ފެނިގެންދާ ފިލްމް، "ދަ ސްކައި އިޒް ޕިންކް" ގެ އޮފިޝަލް ޓްރެއިލާ ދައްކާލައިފިއެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމަކީ ރޯނީ ސްކްރޫވާލާގެ އާރްއެސްޕީވީ އާއި ރޯއި ކަޕޫރް ފިލްމްސްގެ އިތުރުން ޕްރިޔަންކާގެ ޕާޕްލް ޕެބްލް ޕިކްޗާޒް އަދި އެސްކޭ ގްލޯބަލް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މިއީ 2015 ވަނަ އަހަރު މަރުވި، އިންޑިއާގެ ކުރީގެ މޯޓިވޭޝަނަލް ސްޕީކާ އަދި ލިޔުންތެރިޔާ އައިޝާ ޗައުދަރީގެ ހަޔާތަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމްގައި އައިޝާ ޗައުދަރީގެ ރޯލުން ފެނިގެންދާނީ ޒާއިރާ ވަސީމެވެ. ޕްރިޔަންކާ އާއި ފަރުހާން ފެނިގެންދާނީ އޭނާގެ މައިންބަފައިންގެ ރޯލުންނެވެ.

ޝޮނާލީ ބޯސް ޑައިރެކްޓްކޮށްފައިވާ މި ފިލްމް، މިހާރު ކުރިއަށްދާ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގެ ތެރެއިން މިމަހުގެ 13 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމް ސިނަމާތަކަށް އަންނާނީ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުއެވެ.