ޝްރައްދާ އަނެއްކާވެސް ރާއްޖެ ޒިޔާރަތްކޮށްފި
ޗުއްޓީ ހޭދަކޮށްލުމަށް ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރް އަނެއްކާވެސް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ޝްރައްދާ ކަޕޫރް މިފަހަރު ރާއްޖެ އައިސްފައިވަނީ މަންމަ އާއި ބައްޕައާއެކުގައެވެ. ޝްރައްދާގެ ބައްޕައަކީ އިންޑިއާގެ އެކްޓަރު ޝަކްތީ ކަޕޫރެވެ.
އިންސްޓަގްރާމް ސްޓޯރީގައި ޝްރައްދާ ކަޕޫރު ބުނެފައިވަނީ މިދަތުރަކީ މަންމަ އާއި ބައްޕައާއެކު ހޭދަކޮށްލާ އާއިލީ ވަގުތުކޮޅެއް ކަމަށެވެ. އިންސްޓަގްރާމް ސްޓޯރީގައި ޝްރައްދާ ވަނީ އޭނާގެ ބޭބެ ސިދާންތު ކަޕޫރު ޓެގްކޮށް، ވަރަށް ހަނދާންވާ ކަމަށް ބުނެފައެވެ.
ޝްރައްދާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވާ ގޮތުން އޭނާ ހުރީ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓްގައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ޝްރައްދާ އާއި އޭނާގެ އާއިލާ ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެެވެ. ޝްރައްދާ އާއި އޭނާގެ އާއިލާ އެފަހަރު ރާއްޖެއަށް ޒިޔާރަތްކުރީ ޕްރިޔާންކް ޝަރްމާ އާއި ޝަޒާ މޮރާނީގެ ކައިވެނީގެ ހަފުލާއަށެެވެ. ޕްރިޔާންކް އާއި ޝްރައްދާއަކީ ކަޒިންސްއެވެ. އެ ދަތުރުގައި ޝަކްތީ ކަޕޫރާއި ސިދާންތު ކަޕޫރުވެސް ރާއްޖެ އައެވެ. އެ ދަތުރު ނިންމާލުމަށްފަހު އެ މީހުން ރާއްޖެއިން ފުރީ މިމަހުއެވެ.