ޕަރިނީތީ ޗޯޕްރާ

ޕަރިނީތީގެ އެންޖޭގްމަންޓް 13ގައި

ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި އާމް އާދްމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރު ރާގަވް ޗައްދާ މިމަހުގެ 13 ވަނަ ދުވަހު އެންގޭޖްވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެންގޭޖްމަންޓް ހަފުލާ އޮންނާނީ ނިއުދިއްލީގަ އެވެ.

ކައިވެންޏާއި ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ޕަރިނީތީ ބުނީ އަމިއްލަ ދިރިއުޅުގެ ވާހަކަތަކާއި ގުޅޭ ގޮތުން ޚަބަރު ގެނެސްދޭއިރު މީޑިއާތަކުން ހުރަސްކުރަން ނުޖެހޭ ރޮނގު ހުރަސްކުރާ ކަމަށެވެ.

ހަގީގަތް ހާމަކުރަންޖެހޭ ކަމެއްނަމަ ހަގީގަތް ހާމަކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ޕަރިނީތީ މިހާރު ކައިރިކައިރީގައި ކުރަމުންދާ ދަތުރުތަކާއި ގުޅޭ ގޮތުން ބުނީ ދިރިއުޅުމުގެ މައްޗަށް މަސައްކަތް ގުރުބާން ނުކުރާނެ ކަމަށާއި ދިރިއުޅުމާއި މަސައްކަތް ހަމަހަމަކުރަން މަސައްކަތްކުރާނެ ކަމަށެވެ.