ލަވަކިޔުންތެރިޔާ އަދި އެކްޓަރު ކެނީ މަރުވެއްޖެ

އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ކެނީ ލީންޗް މަރުވެއްޖެއެވެ.

ކެނީ ލީންޗް، 81، މަރުވެފައިވަނީ އިއްޔެ ހެނދުނުއެވެ. ކެނީ މަރުވިކަން އޭނާގެ އާއިލާއިން ވަނީ ސޯޝަލް މީޑިއާގައި ކަށަވަރުކޮށްދީފައެވެ.

1938 ވަނަ އަހަރު އިނގިރޭސިވިލާތަށް އުފަން ކެނީ ވެގެން ގޮސްފައިވަނީ އޭރު މަޝްހޫރުކަން ހޯދި ފުރަތަމަ ކަޅު ނަސްލުގެ މީހުންގެ ތެރޭގައެވެ. 1960 ގެ އަހަރުތަކުގައި ކެނީގެ "އަޕް އޮންދަ ރޫފް" އަދި "ޔޫ ކޭން ނެވާ ސްޓޮޕް މީ ލަވިންގް ޔޫ" ވަނީ ގަދަ 10 އޭރުގެ ގަދަ 10 އަކުން ޖާގަ ހޯދާފައެވެ. ހަމަ މިއާއެކު "ސުވީނޭ" ފަދަ ޓީވީ ޕްރޮގްރާމްތަކުން ކެނީ ފެނިގެން ގޮސްފައިވެއެވެ.

ކެނީ ވަނީ 1960 އަދި 1970 ގެ އަހަރުތަކުގައި "ޑޮކްޓާ ޓެރަސް ހައުސް އޮފް ހޮރޯ" އަދި ކޮމެޑީ ފިލްމެއް ކަމަށްވާ "ކޮންފެޝަން ފްރޮމް ޑޭވިޑް ގެލެކްސީ އެފެއާސް" ފަދަ ފިލްމްތަކުން ފެނިގެން ގޮސްފައެވެ. 2007 ވަނަ އަހަރު ކެނީ ވަނީ ނުވަ ފިލްމަކުން ފެނިގެން ގޮސްފައެވެ.