ޖޯއީ ތާޒަންގެ ގޮތުގައި - ފައިލް ފޮޓޯ ޖޯއީލާރާ.ކޮމް

ތާޒަންގެ ރޯލު ކުޅުނު ޖޯއީ މަރުވެއްޖެ

ތާޒަންގެ ރޯލު ކުޅުނު އެކްޓަރު ޖޯއީ ލާރާ އާއި އޭނާގެ އަނބިމީހާ ގްވެން ލާރާ މަރުވެއްޖެއެވެ.

އެމެރިކާއަށް އުފަން އެކްޓަރު ޖޯއީ އާއި އޭނާގެ އަނބިމީހާ މަރުވީ، އެ މީހުން ދަތުރުކުރަމުންދިޔަ ޕްރައިވެޓް ޖެޓު ވެއްޓުމުގެ ސަބަބުންނެވެ. މި ހާދިސާގައި އިތުރު ފަސް މީހަކު މަރުވިއެވެ.

ޖޯއީ ދަތުރުކުރަމުންދިޔަ ސެސްނާ 501 މަރުކާގެ ޖެޓު ވެއްޓިފައިވަނީ ޓެނެސީ ލޭކްއަށެވެ.

އެކްޓަރު ޖޯއީ ވަނީ 1989 ވަނަ އަހަރު ގެނެސްދިން ޓީވީ ފިލްމް "ތާޒަން އިން މެންހެޓެން"ގައި ތާޒަންގެ ރޯލު ކުޅެފައެވެ. އޭގެ ފަހުން 22 އެޕިސޯޑްގެ ޓީވީ ސީރީޒެއްގައި ތާޒަންގެ ރޯލު ކުޅެފައެވެ.