އަމީތާބް - ފައިލް ފޮޓޯ އަމީތާބް އިންސްޓަގްރާމް

ތޫފާނުގައި އަމީތާބްގެ އޮފީހަކަށް ގެއްލުންވެއްޖެ

ތޫފާން "ޓައުޓޭ" ގައި، ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަންގެ އޮފީހަކަށް ގެއްލުންވެއްޖެއެވެ.

އަމީތާބް ހާމަކުރި ގޮތުގައި، ތޫފާނުގެ އަސަރުކޮށް އޭނާގެ އޮފީހެއްގައި ވަނީ ފެންބޮޑުވެފައެވެ. މިއީ މުމްބާއީގައި ހުންނަ އޮފީހެކެވެ. ތޫފާނުގައި ގަދަ ވައި ޖެހުމުގެ ސަބަބުން، މުވައްޒަފުން ތިބޭ ތަނަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް އަމީތާބް ވަނީ ބުނެފައެވެ.

ތޫފާނުގެ ސަބަބުން، އަމީތާބްގެ އޮފީހަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގައި މުވައްޒަފުން ހަރަކާތްތެރިވެފައިވާކަން އަމީތާބް ވަނީ ފާހަގަކޮށްފައެވެ.

އަމީތާބްގެ ކުރިއަށްހުރި ފިލްމްތަކުގެ ތެރޭގައި "ބްރައްމަސްތުރާ" އާއި "ޗެހެރޭ" އަދި "މޭޑޭ" ހިމެނެއެވެ.