ރުޕާޓް

ރުޕާޓް އަށް ބެލުނީ ހެރީ ޕޮޓާގެ ތިން ފިލްމް

ހެރީ ޕޮޓާ ފިލްމް ފްރެންޗައިން އިން ބެލީ އެންމެ ތިން ފިލްމް ކަމަށް، އެކްޓަރު ރުޕާޓް ގްރިންޓް ބުނެފިއެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ހެރީ ޕޮޓާ ފިލްމް ފްރެންޗައިޒްގައި، އެކްޓަރު ރުޕާޓް ކުޅެފައިވަނީ "ރޮން ވީސްލީ" ގެ ރޯލެވެ.

ވެރައިޓީއަށް ދިން އިންޓަވިއުއެއްގައި އެކްޓަރު ރުޕާޓް ބުނީ ޕްރިމިއާގެ ތެރެއިން އޭނާއަށް ބެލިފައިވަނީ ހެރީ ޕޮޓާގެ ފުރަތަމަ ތިން ފިލްމް ކަމަށާއި އޭގެ ފަހުން އެ ފިލްމްތައް ބެލުން ހުއްޓައިލައިފައިވާ ކަމަށެވެ.

ހެރީ ޕޮޓާ ފިލްމް ފްރެންޗައިޒަކީ، މިހާތަނަށްވެސް އެންމެ މަގުބޫލު އެއް ފިލްމް ފްރެންޗައިޒެވެ. އެކްޓަރު ޑެނިއަލް ރެޑްކްލިފް އާއި އެމާ ވަޓްސަން އަދި ރުޕާޓް ގްރިންޓް ލީޑް ރޯލު ކުޅުނު މި ފިލްމްތަކަށް ގާތްގަނޑަކަށް 7.7 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

އެކްޓަރު ރުޕާޓަށް ދަރިއަކު ލިބިފައިވާއިރު، ރުޕާޓް ބުނީ ހެރީ ޕޮޓާގެ ފިލްމްތައް ދެން ބަލާނީ ދަރިފުޅާއެކުގައެވެ.