ކަންގަނާ

ދެ މަސް ތެރޭގައި ކަންގަނާއަށް 20 ކިލޯ ލުއިކުރަން ޖެހިއްޖެ

ފިލްމް "ދާކަޑް" ގައި، އެކްޓްރެސް ކަންގަނާ ރަނާވަތު ދައްކުވައިދޭ ރޯލަށް ދެ މަސް ދުވަހުގެ ތެރޭގައި 20 ކިލޯ ލުއި ކުރަން ޖެހިއްޖެއެވެ.

އެކްޓްރެސް ކަންގަނާ ވަނީ، އޭނާގެ ބަރުދަން ބަލަމުން ނަގާފައިވާ ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ކަންގަނާގެ ބަރުދަނުގައި މިހާރު ހުރީ 70 ކިލޯއެވެ. ވީޑިއޯ ހިއްސާކުރަމުން ލިޔެފައިވާ ކެޕްޝަންގައި ކަންގަނާ ބުނެފައިވަނީ، "ދާކަޑް" ގެ ކެރެކްޓާއަށް ދެ މަސް ދުވަހުގެ ތެރޭގައި 20 ކިލޯ ލުއިކޮށްލަން ޖެހޭ ކަމަށެވެ.

ފިލްމް "ދާކަޑް" އަކީ އެކްޝަން ފިލްމެކެވެ. މި ފިލްމްގައި ކަންގަނާގެ އެކްޝަން ސްޓަންޓްތަކެއްވެސް ފެނިގެންދާނެ ކަމަށް ބޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

ކަންގަނާ އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނީ ފިލްމް "ތަލައިވީ" އިންނެވެ. މި ފިލްމަކީ ޓަމިލްނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖައިލަލީތާގެ ބައޯޕިކްއެކެވެ. ފިލްމްގެ ކެރެކްޓާ ދައްކުވައިދިނުމަށް ބަރުދަން ކަންގަނާ ވަނީ ބަރުދަން އިތުރުކޮށްފައެވެ. ބަރުދަން އިތުރުކުރުމަށް ކަންގަނާ ވަނީ ކެއުމަށްވެސް ބަދަލު ގެނެސްފައެވެ.