"ނޯ ޓައިމް ޓު ޑައި" : ބޮންޑްގެ ރޯލުން ޑެނިއެލް ފެންނާނެ ފަހު ފިލްމް

ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމް "ނޯ ޓައިމް ޓު ޑައި" އަކީ ޖޭމްސް ބޮންޑްގެ ރޯލުން އެކްޓަރު ޑެނިއެލް ކްރެއިގް ފެނިގެންދާނެ ފަހު ފިލްމް ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 51 އަހަރުގެ އެކްޓަރު ޑެނިއެލް ކްރެއިގް ބުނީ ޖޭމްސް ބޮންޑްގެ ރޯލު ކުޅެ ނިމުނީ ކަމަށާއި އެ ރޯލަށް އެހެން މީހަކު ހަމަޖައްސަން ޖެހޭ ކަމަށެވެ.

އަންނަ އަހަރު ގެނެސްދޭ ފިލްމް "ނޯ ޓައިމް ޓު ޑައި" އަކީ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމެވެ. "ނޯ ޓައިމް ޓު ޑައި" ހިމެނޭ ގޮތަށް ޖޭމްސް ބޮންޑް ސީރީޒްގެ ފަސް ފިލްމެއްގައި ބޮންޑްގެ ރޯލު ކުޅެފައިވަނީ ޑެނިއަލް ކްރެއިގްއެވެ.

މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ރާލްފް ފިއެނެސް، ނައޯމީ ހެރިސް، ރަމީ މާލިކް، ލިއާ ސެޑޫ، ބެން ވިޝޯ އަދި ޖެފްރީ ރައިޓް ހިމެނެއެވެ.