"ޓޮޕް ގަން: މެވެރިކް" ގެ މަންޒަރެއް

"ޓޮޕް ގަން: މެވެރިކް" ގެ ޓްރައިލާ ބަލައިފިންތަ؟

ޓޮމް ކްރޫޒްގެ ފިލްމް "ޓޮޕް ގަން" ގެ ސީކްއެލް "ޓޮޕް ގަން: މެވެރިކް" ގެ ޓްރައިލާ ދަށްކާލައިފިއެވެ.

ޓްރައިލާ ދަށްކާލާފައިވަނީ މިހާރު ސެން ޑިއޭގޯގައި ކުރިއަށްދާ ކޮމިކް-ކޮން 2019 ގައި، ފިލްމްގެ އެކްޓަރު ޓޮމް ކްރޫޒެވެ. "ޓޮން ގަން" ގެ ފުރަތަމަ ފިލްމް ރިލީޒްކޮށްފައިވަނީ 1986 ވަނަ އަހަރުއެވެ.

"ޓޮޕް ގަން: މެވެރިކް" ގެ ޑައިރެކްޓަރަކީ ޖޯސެފް ކޮންސިންސްކީއެވެ. މި ފިލްމްގެ ކާސްޓުންގެ ތެރޭގައި، ވަލް ކިލްމާ، ޖެނިފާ ކޮނެލީ، މައިލްސް ޓެލާ ހިމެނެއެވެ.

ޕެރެމައުންޓް ޕިކްޗާސް އާއި ސްކައިޑާންސް މީޑިއާ ގުޅިގެން ގެނެސްދޭ މި ފިލްމަކީ ގާތްގަނޑަކަށް 140 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ. މި ފިލްމް ރިލީޒްކުރުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ހޫނު މޫސުމުގައެވެ.