ސްޓެފަން ގްރަހަމް

ސްޓެފަން ވެސް ފިލްމް "ވެނޮމް 2" އާ ގުޅިއްޖެ

ބްރިޓިޝް އެކްޓަރު ސްޓެފަން ގްރަހަމް، ފިލްމް "ވެނޮމް 2" އާ ގުޅިއްޖެއެވެ.

އުމުރުން 46 އަހަރުގެ ސްޓެފަންއަކީ "ޕައިރެޓްސް އޮފް ދި ކެރީބިއަން" ސީރީޒްގެ ފިލްމްތަކާއި "ރޮކެޓްމޭން" އާއި "ޕަބްލިކް އެނެމީސް" ފަދަ ފިލްމްތަކުން ފެނިގެން ގޮސްފައިވާ އެކްޓަރެކެވެ.

ފިލްމް "ވެނޮމް 2" ގެ ކާސްޓާއި ސްޓެފަން ގުޅުނު ނަމަވެސް، އޭނާ ފެނިގެންދާނީ ކޮން ރޯލަކުންކަން ފިލްމް ޕްރޮޑިއުސްކުރާ ފަރާތުން އަދި ހާމައެއް ނުކުރެއެވެ.

އެންޑީ ސާކިސް ޑައިރެކްޓްކުރާ މި ފިލްމުން އެންޓި-ހީރޯގެ ރޯލުން ފެނިގެންދާނީ ޓޮމް ހާޑީއެވެ. 2 ވަނަ ފިލްމަށް އެނބުރި އަންނަ ކާސްޓުންގެ ތެރޭގައި މިޝޭލް ވިލިއަމްސް، ވުޑީ ހަރެލްސަން އަދި ނައޯމީ ހާރިސް ހިމެނެއެވެ.

ފިލްމް "ވެނޮމް 2" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.