މިޝަން މަންގަލްގެ ކާސްޓުން

"މިޝަން މަންގަލް" އަށް 149 ކްރޯޑް ރުޕީސް

އަކްޝޭ ކުމާރް ލީޑްރޯލުން ފެނިގެންދާ ފިލްމް، "މިޝަން މަންގަލް" އަށް 10 ދުވަހުން 149 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިއްޖެއެވެ.

ފިލްމް "މިޝަން މަންގަލް" އަކީ އިންޑިއާ އިން މާސް އަށް ދާން 2013 ވަނަ އަހަރު ލޯންޗްކުރި މިޝަން އަށް ކުރި މަސައްކަތަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. މި ފިލްމް ރިލީޒްކޮށްފައިވަނީ އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން މިމަހުގެ 15 ވަނަ ދުވަހުއެވެ.

އިންޑިއާގެ ފިލްމް ޓްރޭޑް އެނަލީސްޓް ތަރަން އަދާޝް ބުނި ގޮތުގައި "މިޝަން މަންގަލް" އަދިވެސް ދަނީ ކުރިއަށެވެ. ފިލްމަށް މިހާތަނަށް ލިބުނު އާމްދަނީއާއެކު މިއަހަރުގެ މިހާތަނަށް ހަތަރު ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް "މިޝަން މަންގަލް" ވަނީވެފައެވެ.

އަކްޝޭ ކުމާރުގެ ފިލްމް ކުންފުނި، ކޭޕް އޮފް ގުޑް ފިލްމްސް އާއި ފޮކްސް ސްޓާ ސްޓޫޑިއޯ ގުޅިގެން ގެނެސްދިން މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ވިދްޔާ ބާލަން، ތާޕްސީ ޕައްނޫ، ސޮނާކްޝީ ސިންހާ އަދި ކްރިތީ ކުލްހާރީ ހިމެނެއެވެ.