ރުބީނާ ދިލައިކް

ރުބީނާ ކޮވިޑްއަށް ޕޮޒިޓިވްވެއްޖެ

އިންޑިއާގެ ޓީވީ އެކްޓްރެސް ރުބީނާ ދިލައިކް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ދިލައިކް ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. ރުބީނާ ބުނެފައިވަނީ އޭނާ ހުރީ ގޭގައި ކަރަންޓީންވެގެން ކަމަށެވެ. ފާއިތުވި ފަސް ދުވަހާއި ހަތް ދުވަހުގެ ތެރޭގައި އޭނާއާ ބައްދަލުވެފައިވާ ފަރާތްތަކުން ކޮވިޑްއަށް ޓެސްޓްކުރުމަށް ރުބީނާ ދިލައިކް ވަނީ އެދިފައެވެ.

މީގެ މަސްދުވަސްފަހުން ރުބީނާއަށްވެސް ޕްލަސްމާ ހަދިޔާކުރެވޭނެކަން އޭނާގެ ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.

ރުބީނާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ޗޯޓީ ބަހޫ"، "ސާސް ބިނާ ސަސުރާލް" އަދި "ޝަކްތީ-އަސްތިތުވާ ކޭ އެހްސާސް ކި" ހިމެނެއެވެ.