ޖޭމްސް ބޮންޑްގެ ނޯ ޓައިމް ޓު ޑައިގެ ޕޯސްޓަރެއް

"ނޯ ޓައިމް ޓު ޑައި" ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފި

ޖޭމްސް ބޮންޑް ފިލްމް، "ނޯ ޓައިމް ޓު ޑައި" ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފިއެވެ.

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން، މި ފިލްމް ރިލީޒްކުރަން ކަނޑައެޅި ތާރީހަށް އެކި ފަހަރު މަތިން ވަނީ ބަދަލު ގެނެސްފައެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ މި އަހަރުގެ އޮކްޓޫބަރު މަހުއެވެ.

ފިލްމް "ނޯ ޓައިމް ޓު ޑައި" އަކީ ޖޭމްސް ބޮންޑް ފްރެންޗައިޒްގެ 25 ވަނަ ފިލްމެވެ. މި ފިލްމް ރިލީޒްކުރަން ފުރަތަމަ ކަނޑައަޅާފައި އޮތީ މިދިޔަ އަހަރުއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ފިލްމް ރިލީޒްކުރާ ތާރީހު ފަސްކުރަމުން ގޮސް، މިއަހަރުގެ އެޕްރީލް މަހު ފިލްމް ރިލީޒްކުރަން ކަނޑައެޅިއެވެ. އެމްޖީއެމް އިން ހާމަކުރި ގޮތުގައި މި ފިލްމް ރިލީޒްކުރާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހުއެވެ.

މި ފިލްމްގައި ބޮންޑްގެ ރޯލު ކުޅެފައިވަނީ ޑެނިއަލް ކްރެއިގްއެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ރަމީ މާލިކް، ލިއާ ސެޑޫ އަދި ބެން ވިޝޯ ހިމެނެއެވެ.