އާލިއާ ބަޓް

އާލިއާގެ ކޮވިޑް ޓެސްޓް ނެގެޓިވް

ކޮވިޑް-19 އަށް ކުރި ޓެސްޓް ނެގެޓިވްވެފައިވާ ކަމަށް އާލިއާ ބަޓް ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އާލިއާ ބަޓް ބުނީ ކޮވިޑް-19 އަށް ކުރި ޓެސްޓް ނެގެޓިވްވެފައިވާ ކަމަށާއި އައިސޮލޭޝަނަށްފަހު ޑޮކްޓަރާއި ވާހަކަ ދެއްކުމަށްފަހު މިހާރު އެނބުރި މަސައްކަތަށް ނިކުމެފައިވާ ކަމަށެވެ.

އާލިއާ ބަޓް މިހާރު މަސައްކަތް ކުރަމުންދާ އެއް ފިލްމަކީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ގަންގްބާއީ ކަތިއަވާޅީ" އެވެ. ސަންޖޭ ލީލާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭގެ އިތުރުން އެކްޓަރު ރަންބީރް ކަޕޫރްވެސް ވަނީ ކޮވިޑް-19 ޕޮޒިޓިވްވެފައެވެ. ރަންބީރް މިހާރު މަސައްކަތް ކުރަމުންދާ އެއް ފިލްމް ކަމަށްވާ "ބުރައްމަސްތުރާ" އިން އާލިއާ ފެނިގެންދާނެއެވެ.

މިމަހުގެ 15 ވަނަ ދުވަހު، އުމުރުން 28 އަހަރު ފުރޭ ބަތަލާ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "ގަލީ ބޯއީ" އާއި "ރާޒީ" އާއި "ޑިއާ ޒިންދަގީ" އަދި 2012 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ" ހިމެނެއެވެ.