އަޔުޝްމަން ޖޯކާ ކުރެހުން

ނެގެޓިވް ރޯލެއް ކުޅެން ބޭނުން: އަޔުޝްމަން

ނެގެޓިވް ރޯލެއް ކުޅެން ބޭނުންވާ ކަމަށް އިންޑިއާގެ އެކްޓަރު އަޔުޝްމަން ކުރާނާ ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މިވަގުތު ގޭގައި ހުރި އަޔުޝްމަން ވަނީ އޭނާ ޖޯކާގެ ގޮތުގައި ފެނިގެންދާ ކުރެހުމެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެއާއެކު ކުރި ޕޯސްޓްގައި ބުނީ ނެގެޓިވް ރޯލެއް ކުޅެން އަބަދުވެސް ބޭނުންވާ ކަމަށެވެ. އަދި އަޔުޝްމަން ވަނީ އެ ކުރެހުން ކުރެހި ފަރާތަށް ޝުކުރު އަދާކޮށްފައެވެ.

ކުރެހުމަށް ހިޔާލުފާޅުކުރި މީހުން ބުނާ ގޮތުން ބޮލީވުޑްއިން ޖޯކާ ފިލްމެއް އުފައްދާނަމަ، އެ ރޯލަށް އަޔުޝްމަން ވަރަށް އެކަށީގެންވާނެއެވެ. އަޔުޝްމަން ނެގެޓިވް ރޯލަކުން ފެނިގެން ދިއުމަށް އެދޭ ކަމަށްވެސް ހިޔާލުފާޅު ކުރި ބައެއް މީހުން ވަނީ ބުނެފައެވެ.

އަޔުޝްމަން ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި "ވިކީ ޑޯނާ" އާއި "އާޓިކަލް 15" އާއި "ޑްރީމް ގާލް" އަދި "ބާލާ" ހިމެނެވެ.