އެމްޕީ ނަރެންދުރަ މޯދީ ފިލްމްގެ ޕޯސްޓަރެއް

އެމްޕީ ނަރެންދުރަ މޯދީ ރިލީޒްކުރާ ތާރީހު އިއުލާނުކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތާ ބެހޭ ގޮތުން ހަދާ ފިލްމް "ޕީއެމް ނަރެންދުރަ މޯދީ" ރިލީޒް ކުރާ ތާރީޙް އިއުލާނުކޮށްފިއެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން "ޕީއެމް ނަރެންދުރަ މޯދީ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އިންޑިއާގެ އެކި ކަންކޮޅުތަކުގައި ފިލްމް އެޅުވުމަށް ހަމަޖެހިފައިވާއިރު 23 ބަަހަކުން ފިލްމް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

"ޕީއެމް ނަރެންދުރަ މޯދީ" ފިލްމްގައި މޯދީގެ ރޯލް ކުޅެދީފައިވަނީ ވިވެކް އޮބެރޯއީއެވެ. ފިލްމްގެ ޑައިރެކްޓަރަކީ އޮމަންގް ކުމާރެވެ. މި ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ ގުޖްރާތު، އުތަރްހާންދް އަދި މުމްބާއީގައެވެ.

މި ފިލްމްގައި ނަރެންދުރަ މޯދީގެ މަންމަގެ ރޯލުން ފެނިގެންދާނީ ޒަރީނާ ވައްހާބެވެ. މޯދީގެ އަންހެނުންގެ ރޯލުން ފެނިގެންދާނީ ބަރްހާ ސެންގުޕްތާއެވެ.