ބްލެކް ޕެންތާ 2 ގެ ޕްރޮޑަކްޝަން ފަށައިފި

މާވެލް ސުޕަހީރޯ ފިލްމް، ބްލެކް ޕެންތާގެ ދެވަނަ ފިލްމްގެ ޕްރޮޑަކްޝަން ފަށައިފިއެވެ.

މި ފިލްމަށް ދީފައިވާ ނަމަކީ "ބްލެކް ޕެންތާ: ވަކަންޑާ ފޮއެވާ" އެވެ. ބްލެކް ޕެންތާގެ ރޯލު ކުރިން ކުޅުނު އެކްޓަރު ޗާޑްވިކް ބޯޒްމަން މަރުވެފައިވާއިރު، އެ ރޯލަށް ހަމަޖެއްސީ ކޮން އެކްޓަރެއް ކަމެއް ހާމައެއް ނުކުރެއެވެ.

ޗާޑްވިކް ބޯޒްމަން މަރުވީ ކެންސަރު ބަލީގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

"ބްލެކް ޕެންތާ: ވަކަންޑާ ފޮއެވާ" ގެ ޕްލޮޓް އަދި ކާސްޓުންގެ ތަފުސީލެއްވެސް އަދި ހާމައެއް ނުކުރެއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ އަށްވަނަ ދުވަހުއެވެ.