އަލީ ފަޒާލް އާއި ގަލް ގަޑޮޓް

އަލީ ފަޒާލް އާއި ގަލް ގެޑޮޓް "ޑެތް އޮން ދަ ނައިލް" އަށް ތައްޔާރު ވަނީ

އިނގިރޭސިވިލާތުގެ ލިޔުންތެރިޔާ އަގަތާ ކްރިސްޓީގެ "ޑެތް އޮން ދަ ނައިލް" ވާހަކައަށް ބިނާކޮށް ފިލްމެއް އުފެއްދުމަށް ނިންމައިފިއެވެ. އިންޑިއާގެ އެކްޓަރު އަލީ ފަޒާލް އާއި އިޒްރޭލުގެ އެކްޓްރެސް ގަލް ގަޑޮޓް ލީޑްރޯލު ކުޅޭ މި ފިލްމް ޑައިރެކްޓްކުރަން ހަމަޖެހިފައިވަނީ ކެނެތު ބްރަނަގްއެވެ.

ފިލްމަށް ތައްޔާރުވުމުގެ ގޮތުް އަލީ އާއި ގަލް ގަޑޮޓް ދަނީ ފިލްމްގައި ވާހަގަ ދައްކާ ރާގުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. ބެލުންތެރިންނަށް ސަޕްރައިޒްއެއްގެ ގޮތުން ފިލްމްގައި ބޭނުންކުރަނީ ކޮން ރާގެއް ކަމެއް އަދި ނުބުނެވޭނެ ކަމަށް އަލީ ބުނެފައިވެއެވެ. ފިލްމަށް ތައްޔާރުވުމުގެ ގޮތުން 1978 ވަނަ އަހަރު ހަމ މި ފޮތުގެ މައްޗަށް ބިނާކޮށް ހަމަ މިނަމުގައި ނެރެފައިވާ ފިލްމް ބަލައި ފޮތް ކިޔައިފައިވާ ކަމަށް އަލީ ބުންޏެވެ.

އެކްޓަރު އަލީ ފަޒާލްއަކީ ބޮލީވުޑާއި ހޮލީވުޑަށްވެސް އާ މޫނެއް ނޫނެވެ.

ފިލްމްގެ މާ ގިނަ މައުލޫމާތެއް، ފިލްމް އުފައްދާ ފަރާތުން އަދި ހާމައެއް ނުކުރެއެވެ. ފިލްމް ރިލީޒްކުރާނެ ތާރީހެއްވެސް އަދި އިއުލާނެއް ނުކުރެއެވެ. 2017 އަހަރު ރިލީޒްކުރި "މާރޑާރ އޮން ދަ އޮރިއެންޓް އެކްސްޕްރެސް" އާއި މި ފިލްމާއި ކޮންމެވެސް ވަރަކަށް ގުޅިފައިވާނެއެވެ. އެ ފިލްމަކީވެސް އަގަތާގެ ވާހަކައަކަށް ކެނެތު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.