"ސްޓްރީޓް ޑާންސާ 3ޑީ" އަށް ތިން ދުވަހުން 41 ކްރޯޑް ރުޕީސް

ޝްރައްދާ ކަޕޫރާއި ވަރުން ދަވަން ލީޑް ރޯލުން ފެނިގެންދާ ފިލްމް "ސްޓްރީޓް ޑާންސާ 3ޑީ" އަށް ތިން ދުވަހުން ލިބުނު އާމްދަނީ 41.23 ކްރޯޑް ރުޕީސަށް އަރައިފިއެވެ. މިއީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމް، އިންޑިއާގެ ސިނަމާތަކުގައި އަޅުވައިގެން ލިބުނު އާމްދަނީއެވެ.

މި ފިލްމަށް ފާޑުކިޔުންތެރިންގެ ފަރާތުން، އެކި ކަހަލަ ފާޑުކިޔުންތައް މި ފިލްމަށް ވަނީ ލިބިފައެވެ.

ބެލުންތެރިންގެ ފަރާތުން ފިލްމަށް ބޮޑު ތަރުހީބެއް ލިބުނު އެއް ސަބަބު ކަމަށް ބެލެވިފައިވަނީ މި ހަފުތާ ބަންދުގައި އިންޑިއާގެ ޖުމްހޫރީ ދުވަހާއި ގުޅިގެން ލިބޭ ބަންދު އައިސްފައިވާތީއެވެ.

ރެމޯ ޑި ސޫޒާ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ޕްރަބޫދޭވާ އާއި ނޯރާ ފަތެހީ ހިމެނެއެވެ.