ރާޖޫ- ފޮޓޯ ފޭސްބުކް

ރާޖޫގެ ހާލު އަންނަނީ ރަނގަޅުވަމުން: އާއިލާ

އިންޑިއާގެ ކޮމޭޑިއަން ރާޖޫ ސްރިވާސްތަވާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ހާމަކޮށްފިއެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު، ހާޓް އެޓޭކެއް ޖެހުނު ރާޖޫއަށް މިހާރުވެސް ފަރުވާ ދެމުންދަނީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގައެވެ. އުމުރުން 58 އަހަރުގެ އެކްޓަރު، އަދިވެސް އޮތީ ވެންޓިލޭޓަރުގައެވެ.

ރާޖޫގެ އާއިލާގެ މެންބަރަކު ހާމަކުރި ގޮތުގައި، ރާޖޫގެ ހާލު މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ. ވަރަށް އަވަހަށް، ރާޖޫ އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް އާއިލާގެ މެންބަރު ހާމަކުރިއެވެ.

ރާޖޫއަށް ހާޓް އެޓޭކެއް ޖެހުނީ ޖިމްގައި ޓްރެޑްމިލްގައި ދުވަން ހުއްޓައެވެ. ހާޓް އެޓޭކް ޖެހުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، މެޔަށް ތަދުވާކަމަށް ރާޖޫ ބުނި ކަމަށް ރިޕޯޓްތައް ބުނެއެވެ.