ސޫރިޔާވަންޝީގެ މަންޒަރެއް

"ސޫރިޔާވަންޝީ" ރިލީޒްކުރާނީ އަންނަ މަހު

ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ ފިލްމް "ސޫރިޔާވަންޝީ" އަންނަ މަހު ރިލީޒްކުރަން ނިންމައިފިއެވެ.

ފިލްމްގެ ލީޑް އެކްޓަރު އަކްޝޭ ކުމާރް މިއަދު ކުރި ޓްވީޓެއްގައި ބުނީ ފިލްމް ރިލީޒްކުރާނީ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ސިނަމާތަކުގައި ކަމަށެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގެ ސިނަމާތަކުގައި ފިލްމް ރިލީޒްކުރާނެ ކަމަށް އަކްޝޭގެ ޓްވީޓްގައި ބުނެފައިވެއެވެ.

މި ފިލްމްގެ ޓްރެއިލާ އާންމުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހުއެވެ.

އަކްޝޭ ކުމާރްގެ އިތުރުން މި ފިލްމުން ކެޓްރީނާ ކައިފް އާއި އަޖޭ ދޭވްގަން އަދި ރަންވީރް ސިންގް ފެނިގެންދާނެއެވެ. އަކްޝޭ އާއި އަޖޭ އަދި ރަންވީރް މި ފިލްމުން ފެނިގެންދާނީ ފުލުހުންގެ ރޯލުންނެވެ.