ނެޓްފްލިކްސް އިން ދެކުނު ކޮރެއާއަށް 2.5 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ
ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދެކުނު ކޮރެއާގެ ފިލްމްތަކާއި ޓީވީ ޝޯތަކަށް 2.5 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް ނެޓްފްލިކްސް އިން ބުނެފި އެވެ.
ނެޓްފްލިކްސްގެ ކޯ-ޗީފް އެގްޒެކެޓިވް ޓެޑް ސަރަންޑޯސް މިކަން އިއުލާނުކުރީ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔެއޯލްއާ އެމެރިކާގެ ވޮޝިންޓަންގައި ބައްދަލުކުރެއްވުމަށްފަހު އެވެ.
ދެކުނު ކޮރެއާގެ ކާމިޔާބު އުފެއްދުންތަކެއް ނެޓްފްލިކްސް އިން ދައްކާފައިވެ އެވެ. އޭގެ ތެރޭގައި ސްކްއިޑް ގޭމްސް ފާހަގަކޮށްލެވެ އެވެ.
ޓެޑް ސަރަންޑޯސް ބުނީ ދެކުނު ކޮރެއާގެ ފިލްމީ އުފެއްދުންތަކާމެދު ޔަގީންކަން އެބަ އޮތް ކަމަށާއި މޮޅު އުފެއްދުންތަކެއް ދެކުނު ކޮރެއާއިން ގެނެސްދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.