ސަލްމާން

"ދަބަންގް 3" ގެ މަންޒަރުތަކެއް އަބޫ ދާބީގައި ނަގަނީ

ސަލްމާން ހާންގެ "ދަބަންގް" ސީރީޒަކީ ހީރޯ އާއި ވިލަންއާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގާތަން ދައްކުވައިދޭ ފިލްމްތަކެކެވެ. ކުރިއަށް އޮތީ މި ފްރެންޗައިޒްގެ ތިންވަނަ ފިލްމް "ދަބަންގް 3" ކެވެ.

ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުން، "ދަބަންގް 3" ގައި ޝަރީއަތުގެ މަޖިލީހެއް ހިނގާ ފަނޑިޔާރުގެއެއްގެ މަންރަޒު ފެނިގެންދާނެއެވެ. ކޯޓްރޫމްގެ މަންޒަރުތަކަކީ ފިލްމްގެ ވަރަށް މުހިންމު މަންޒަރުތަކަކަށްވާއިރު އެ މަންޒަރުތައް ނެގުމަށް ފިލްމްގެ ޓީމެއް ވަރަށް އަވަހަށް އަބޫ ދާބީއަށް ދާނެއެވެ.

"ދަބަންގް" ފްރެންޗައިޒްގެ ފިލްމެއްގައި ކޯޓު ރޫމެއްގެ މަންޒަރު ފެނިގެން ދިއުމަކީ ޝައުގުވެރިވާނެ ކަމެއް ކަމަށް އިންޑިއާގެ ފިލްމީ ދާއިރާ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ދަބަންގް 3" ގެ ލީޑް އެކްޓްރެސްގެ ރޯލުން މިފަހަރުވެސް ފެނިގެންދާނީ ސޮނާކްޝީ ސިންހާއެވެ. ފިލްމްގެ ޝޫޓިންގް މިހާރު ވަނީ ފަށާފައެވެ.