ކަނިކާ ކަޕޫރް

ކަނިކާ ކަޕޫރަށް ކޮވިޑް-19 ޖެހިއްޖެ

ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރަށް ކޮވިޑް-19 ޖެހިއްޖެއެވެ.

ކަނިކާ ކަޕޫރް، އިންސްޓަގްރާމްގައި ހުކުރު ދުވަހު އާންމުކުރި ޕޯސްޓެއްގައި ބުނީ، ފާއިތުވި ދުވަސްތަކުގައި ފްލޫގެ އަލާމާތްތައް އޭނާގެ ކިބައިން ފެންނަމުންދިޔަ ކަމަށެވެ. އަދި ޓެސްޓްކުރުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ކަނިކާ ވަނީ ހާމަކޮށްފައެވެ.

އުމުރުން 41 އަހަރުގެ ކަނިކާ ބުނީ، އޭނާ އާއި އާއިލާވެސް ތިބީ ކަރަންޓީނުގައި ކަމަށާއި ސިއްހީ މާހިރުންދޭ އިރުޝާދަށް ތަބާވަމުންދާ ކަމަށެވެ. ކަނިކާ ބުނީ އޭނާ އާއި ބައްދަލުވި މީހުންނަށް ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގޭގައި ތިބުމަށާއި ބަލީގެ އަލާމާތްތައް ފެންނަ ނަމަ ޓެސްޓްކުރުމަށް ކަނިކާ ވަނީ އެދިފައެވެ.