ފިލްމް "ސޫރިޔާވަންޝީ" ގެ މަންޒަރެއް

"ސޫރިޔާވަންޝީ" ރިލީޒްކުރުން ފަސްކޮށްފި

އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް ލީޑް ރޯލު ކުޅެފައިވާ ފިލްމް، "ސޫރިޔާވަންޝީ" ރިލީޒްކުރާ ތާރީހު ފަސްކޮށްފިއެވެ.

މިމަހުގެ 24 ވަނަ ދުވަހު ރިލީޒްކުރަން އޮތް ފިލްމް ފަސްކުރީ، މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ ދުވަސްވަރަކަށްވާތީއެވެ. ފިލްމް ރިލީޒްކުރުން ފަސްކުރިކަން ހާމަކޮށް އާންމުކުރި ބަޔާން، އަކްޝޭ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ "ސޫރިޔާވަންޝީ" އަކީ އަހަރަކަށްވުރެ ގިނަ ދުވަހުގެ ބުރަ މަސައްކަތުން އުފެއްދި ފިލްމެއް ކަމަށެވެ. ނަމަވެސް ކޮރޯނާ ވައިރަސް ފެތުރެމުންދާ ދުވަސްވަރަކަށްވާތީ ފިލްމް ރިލީޒްކުރުން ފަސްކުރުމަށް ނިންމީ ކަމަށެވެ. އޯޑިއަންސްގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި ފިލްމް ފަސްކުރި ނަމަވެސް، ރަނގަޅު ވަގުތުގައި ފިލްމް އެނބުރި އަންނާނެ ކަމަށް ފިލްމް އުފެއްދި ފަރާތުން ވަނީ ބުނެފައެވެ.

މި ފިލްމަކީ ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުން އަޖޭ ދޭވްގަން އާއި ރަންވީރް ސިންގް ފެނިގެންދާނެއެވެ.