އަނަންޔާ

އަނަންޔާ ދެގަޑިން ދެގަޑިން ކަނީ ކީއްވެކަން އެނގޭތަ؟

މި އަހަރު ރިލީޒްކުރި ފިލްމް "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވި އަނަންޔާ ޕާންޑޭ މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމަށެވެ.

ކެއުމަށް ބަދަލު ގެނެސް، އަނަންޔާ މިހާރު އަންނަނީ ދެގަޑިން ދެގަޑިން ކޮންމެވެސް ކާނާއެއް ކަމުންނެވެ. މިއީ އަންނަޔާގެ ކުރިއަށް އޮތް ފިލްމް "ޕަތީ ޕަތުނީ އޯރް ވޯ" އަށް އޭނާ ވަމުން އަންނަ ތައްޔާރީއެކެވެ. ފިލްމަށް އަނަންޔާ ބަރުދަން އިތުރު ކުރަން ޖެހެއެވެ. އެ ގޮތުން ބަރުދަނަށް އިތުރު ފަސް ކިލޯ އިތުރު ކުރުމުގެ މަސައްކަތް އަންނަޔާ މިހާރު އަންނަނީ ކުރަމުންނެވެ.

އަނަންޔާ ބުނި ގޮތުގައި ބަރުދަން އިތުރު ކުރުމަކީ އުނދަގޫ ކަމެކެވެ. ބަރުދަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދަނީ ޖަންކް ފުޑް ބޭނުން ނުކޮށް، ހަމައެކަނި ރަނގަޅު ކާނާ ބޭނުންކޮށްގެން ކަމަށާއި ޕްރޮޓީން ބޭނުންކުރާ މިންވަރުވެސް އިތުރުކޮށްފައިވާ ކަމަށް އަނަންޔާ ބުންޏެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނެރުމަށް ތައްޔާރުވަމުން އަންނަ "ޕަތީ ޕަތުނީ އޯރް ވޯ" އަކީ 1978 ވަނަ އަހަރު ރިލީޒްކުރި "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމޭކެކެވެ. 1978 ވަނަ އަހަރުގެ ފިލްމުން ފެނިގެން ގޮސްފައިވަނީ ރަންޖީވް ކުމާރާއި ވިދިޔާ ސިންހާއި ރަންޖީތާ ކޯރްއެވެ. މިއަހަރު ރިލީޒްކުރާ "ޕަތީ ޕަތުނީ އޯރް ވޯ" ގައި އާނަންޔާގެ އިތުރުން ކާތިކް އާރްޔަން އާއި ބޫމީ ޕެޑްނޭކަރް ފެނިގެންދާނެއެވެ.